Tuesday, 28 July 2026

11 އަހަރު ވަންދެން ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމު ފުރުއްވި ވިސާމް އިސްތިއުފާ ދެއްވައިފި

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމު 11 އަހަރު ވަންދެން ފުރުއްވި މަރިޔަމް ވިސާމް، މި މަހުގެ 1 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރެއްވުމަށް ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

މާކެޓިން މެނޭޖުމަންޓުގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާއިން ރާއްޖެއިން ބޭރުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ މަރިޔަމް ވިސާމަކީ، ދެ ރައީސެއްގެ ވެރިކަމުގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މި މަޤާމު ފުރުއްވައިފައެވެ. މީގެ އިތުރުން، އޭނާގެ ކެރިއަރުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިސް މަޤާމުތަކެއްވެސް ފުރުއްވައިފައިވެ އެވެ.

މަރިޔަމް ވިސާމްގެ އިސްތިއުފާއާ ގުޅިގެން އަލަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމާ ބެހޭ އެއްވެސް މައުލޫމާތެއް މިވަގުތު ހާމަކުރައްވާފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *