ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ރޯވީ ހުޅުމާލެ 1 ގެ މައި މަގުގައި ހުންނަ "ޓީ- ހަޓް" ނަމަކަށް ކިޔާ ކެފޭއެއްގަ އެވެ.
އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެތަނުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގަ އެވެ.


