Tuesday, 28 July 2026
ފިތުރު ޒަކާތް ނެގުން | ފޮޓޯ: ރާއްޖެ އެމްވީ

ރޯދަ މަހު ފިތުރު ޒަކާތް ބަލައިގަންނަ ގަޑިތައް އިއުލާނުކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މޯލްޑިވްސް ޒަކާތު ހައުސް ހަމަޖައްސާ ގަޑިތައް އިއުލާންކޮށްފިއެވެ. މިގޮތުން އެ އިދާރާއިން އޮންލައިން ޕްލެޓްފޯމްތަކާއި އިސްލާމިކް މިނިސްޓްރީގެ ކައުންޓަރު މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ޚިދުމަތް މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާ ހަމައަށް ލިބެން ހުންނާނެއެވެ. އޮންލައިން ޚިދުމަތްތަކުގެ ތެރޭގައި ދިރާގު މޮބައިލް އެޕް، އުރީދޫ އެމްފައިސާ، އެމްއައިބީގެ ފައިސާ އެޕް، ބީއެމްއެލް ވެބް ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޭ ހިމެނެއެވެ. ޚާއްސަކޮށް ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.

މިނިސްޓްރީގެ ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގޮތް:

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނުވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ޚިދުމަތް ލިބޭނެއެވެ. މާރިޗު 2 އިން 20 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރުފަހު 1:30 އަށް، އަދި މާރިޗު 23 އިން 30 އަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި މެންދުރު 11:00 އިން މެންދުރުފަހު 2:00 އަށް ޚިދުމަތް ލިބެން ހުންނާނެއެވެ.

ފިތުރު ޒަކާތުގެ މިންވަރުތައް:

މިއަހަރުގެ ފިތުރު ޒަކާތުގެ މިންވަރު ތަފާތު ހަނޑުލުގެ ބާވަތްތަކަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އާދައިގެ ހަނޑުލުން 12 ރުފިޔާ، ތައިލެންޑު ހުދު ހަނޑުލުން 62 ރުފިޔާ، ރަތް ހަނޑުލުން 86 ރުފިޔާ، އާދައިގެ ބާސްމަތީ ހަނޑުލުން 74 ރުފިޔާ، މޮޅު ބާސްމަތީ ހަނޑުލުން 100 ރުފިޔާ އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން 133 ރުފިޔާ ދައްކަންޖެހެއެވެ. އަދި އާދައިގެ ފުށުން 10 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާ ދެއްކިދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *