Wednesday, 29 July 2026

ހިޔާ ފްލެޓްގެ އެޕާޓްމަންޓަކަށް ވަދެ، ވަޅިން މީހަކަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓްގެ އެޕާޓްމަންޓަކަށް ވަދެ، ވަޅިން މީހަކަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ 22:54 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި ވަޅިން ބިރުދައްކާ މާރާމާރީ ހިންގަން އުޅުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ/ ފިޔާތޮށިގޭ މުހައްމަދު ލުބާން ގައްހާރު 26އ. އެވެ.

އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *