Tuesday, 28 July 2026

އަންހެން ޓިޗަރަކު ދަރިވަރަކު ގްރޫމް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ސްކޫލެއްގެ އަންހެން ޓީޗަރަކު ދަރިވަރަކު ގްރޫމްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ ސައުތު ޕޮލިސް ހިމެނޭ ރަށެއްގެ ސްކޫލެއްގެ އަންހެން ޓީޗަރަކު އެ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވާ ފިރިހެން ދަރިވަރަކު ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހު 21 ވަނަ ދުވަހުއެވެ.

ގްރޫމްކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، މިދިޔަ އަހަރު ވަނީ ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ނަމަވެސް އެ ޓީޗަރަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *