ސްރީލަންކާގެ އިންތިޚާބާބެހޭ ކޮމިޝަނުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަނުރަ ކުމާރަ ދިސާނާޔަކަ ވަނީ ސްރީލަންކާގެ 9 ވަނަ ރައީސަކަށް އިންތިޚާބުވެފައެވެ.
އާދީއްތަ ދުވަހު (22 ސެޕްޓެމްބަރ 2024) އިންތިޚާބާބެހޭ ކޮމިޝަނުން ބުނިުނިގޮތުގައި، 55 އަހަރުގެ އަނުރަ ކުމާރަ ދިސާނާޔަކަ ވަނީ ހޮނިހިރު ދުވަހު (21 ސެޕްޓެމްބަރ) ބޭއްވުނު އިންތިޚާބުގައި 42.31 އިންސައްތަ ވޯޓު ހޯދައިގެން ރިޔާސަތަށް ކާމިޔާބުކޮށްފައެވެ. އޭނާގެ ފަހަތުން އޮޕޮޒިޝަން ލީޑަރު ސަޖިތް ޕްރެމަދާސަ ދެވަނައަށް އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގެ ތިންވަނައަށް ވަނީ އައިސްފައެވެ.
2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ 3 އިންސައްތަ ވޯޓު ހޯދި ދިސާނާޔަކަ މިފަހަރު މިހާ ބޮޑު ތަފާތަކުން ކުރިއަށް ދިއުމުން ދައްކުވައިދެނީ، ސްރީލަންކާގެ އިޤްތިޞާދީ ހާލަތު ދަށްވުމުގައި ޒިންމާދާރުވާންޖެހޭ ކަމަށް ބެލެވޭ ކުރީގެ ސިޔާސީ ލީޑަރުންނާމެދު ރައްޔިތުން ހިތްހަމަނުޖެހޭކަމެވެ.
ނުރަސްމީ ރިޕޯޓުތަކުން ބުނާގޮތުގައި ދިސާނާޔަކަ ހޮނިހިރު ދުވަހު (23 ސެޕްޓެމްބަރ) ރައީސްކަމުގެ ހުވާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގައި ރެކޯޑު އަދަދެއްގެ 38 ކެންޑިޑޭޓުން ވާދަކުރިއެވެ. ސްރީލަންކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބުމުން، ދެވަނަ ޕްރިފަރެންސްގެ ވޯޓުތައް ގުނަން ޖެހުނެވެ.
56 އަހަރުގެ އަނުރަ ކުމާރަ ދިސާނާޔަކަ ވަނީ ގާތްގަނޑަކަށް 8 މިލިއަން ވޯޓު ހޯދައިގެން ރައީސްކަމަށް އިންތިޚާބުވެފައެވެ. މާކްސިސްޓް ޖަނަތާ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) ގެ ލީޑަރުގެ ކެމްޕޭން ބިނާވެފައިވަނީ ފުޅާ އިސްލާހުތަކެއް ގެނައުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި އަދި އިޤްތިޞާދީ ލުޔެއް ހޯދައިދިނުމުގެ މައްޗަށެވެ. ކުރުގޮތަކަށް ބުނަނަމަ، ދިސާނާޔަކަ ވަނީ ވޯޓު ފޮށީގެ ތެރެއިން ސިޔާސީ އިންޤިލާބެއް ގެނައުމަށް މަސައްކަތްކޮށްފައެވެ.


