ރާއްޖެ އާއި އިންޑިއާގެ ސިޔާސީ މަސްރަހު ގޯސްވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދެއްކެވި މައްސަލާގައި ސަރުކާރުގެ މަގާމުތަކުން މިދިޔަ ޖެނުއަރީ މަހު ސަސްޕެންޑު ކޮށްފައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ބަދު ބަސް ވިދާޅުވި މައްސަލައިގައި މަލްޝާ އާއި ޝިއުނާ މަގާމުން ސަސްޕެންޑްކޮށްފައި ތިބޭތާ އަށް ވަރަަކަށް މަސް ވެދާނެއެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ސަބަބު ވިދާޅުވާން ބޭނުމެއް ނުވެ އެވެ.
ޝިއުނާ އާއި މަލްޝާ ސަަސްޕެންޑްކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމުން އެބޭފުޅުން މޯދީ އަށާއި އިންޑިއާއަށް ކުޑައިމީސްކޮށް މީސް މީޑިއާގައި އިންޑިއާއާ ދެކޮޅު ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާތީއެވެ.
މަލްޝާ އާއި ޝިއުނާގެ އިތުރުން ޔޫތު މިނިސްޓްރީގެ އިތުރު ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ އަބްދުﷲ މަހްޒޫމް މާޖިދު ވެސް މި އަހަރުގެ ޖެނުއަރީ މަހުން ތިއްބެވީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު، މަހްޒޫމް އަދި އިސްތިއުފާ ނުދެއްވަ އެވެ.


