Tuesday, 28 July 2026
Raajje24

ގެސްޓްހައުސްއެއްގައި ޒަޚަމްތަކަކާއެކު އޮތް މީހަކު ފެނިއްޖެ

މާފަންނު ސަރަޙައްދުގައި ހުރި ގެސްޓްހައުސްއެއްގެ ކޮޓަރިއެއް ތެރޭގައި ޒަހަމްތަކަކާއެކު ދިވެހި ފިރިހެނަކު އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ހާމަކުރިގޮތުގައި މި މީހާ ފެނިފައިވަނީ އޭނާ ޚަބަރެއް ނުވާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު ފުލުހުން އެ ތަނަށް ގޮސް ބަލައި ފާސްކުރި ކުރުމުންނެވެ.

ފުލުހުން ވަނީ އެ ކޮޓަރިއަށް ވަދެ ބެލިއިރު، ޒަޚަމްތަކަކާއެކު އެމީހާ އޮއްވާ ފެނިފައިވާކަމަށް ބުނެފައެވެ. އެ މީހާވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާއާ ގުޅޭ އިތިތުރު ތަފްސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުންގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މި ވަގުތު ހާދިސާ ހިނގި ތަނުގައި ފުލުހުން ދަނީ ތަޙްޤީޤު ކުރިއަށް ގެންދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *