Tuesday, 28 July 2026

ޕޯސްޓްމޯޓަމް ހެދުމަށްފަހު އަތުހަރުގެ ހަށިގަނޑު ރާއްޖެ ގެނެވިއްޖެ، މިރޭ ވަޅުލަނީ

އިންޑިއާގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު އާދަމް އަތުހަރުގެ ހަށިކޮޅު މިއަދު ހަވީރު 17:30 ގައި ރާއްޖެ ގެނެވިއްޖެ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ. އޭނާގެ ޖަނާޒާ މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވުމަށް މަސައްކަތްކުރުމަށްފަހު އައި.ޖީ.އެމް.އެޗްގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުން ދަނިކޮށް އަތުހަރުގެ ނިޔާވެފައިވަނީ މިދިޔަ ހަފްތާގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަންހެނަކު ވަޅިން ބިރުދައްކައިގެން ހިފފަހައްޓައިގެން ހުރި މައްސަލައެއްގައެވެ.

އަތުހަރުގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި މިދިޔަ ހުކުރު ދުވަހު ފުލުހުން ވަނީ އޭނާގެ ހަށިކޮޅު އިންޑިއާއަށް ފޮނުވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި އަތުހަރުގެ ހަށިކޮޅު މިއަދު ރާއްޖެ ގެނެވޭނެއެވެ. އަދި ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުމުން އިތުރު ތަފްޞީލު ހިއްސާކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަތުހަރުގެ ޖަނާޒާ މިރޭ 22:00 ގައި ހުޅުމާލޭ ސަހަރާގައި މިރޭ ވަޅުލަން ހަމަޖައްސައިފި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *