Tuesday, 28 July 2026

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޒަމީރު ބަޙްރޭނަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު، މޫސާ ޒަމީރު ބަހްރޭނަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މި ދަތުރުފުޅަކީ ބަހްރެއިންގެ ފޮރިން މިނިސްޓަރުގެ ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގެ ތެރެއިން ބަހްރޭން ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރު ބަޙްރައިނަށް ކުރައްވާ ދަތުރުފުޅުގައި، މިނިސްޓަރާއެކު އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރާއި ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދުގެ އިތުރުން އެ މިނިސްޓްރީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *