Tuesday, 28 July 2026

ރަސްމީ ދަތުރުފުޅަށްފަހު ޖައިޝަންކަރު ފުރާވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.

ޖައިޝަންކަރު އިންޑިއާއަށް ފުރާވަޑައިގަތީ މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމަށްފަހު، ގަން އެއާޕޯޓުންނެވެ.

އޭނާގެ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު ރަސްމީ ބައްދަލުވުންތައް ބޭއްވި އެވެ.

މި ދަތުރުފުޅުގައި އައްޑުއަށް ވަޑައިގެން އޭނާވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދިޔަ އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމައި، ރަސްމީކޮށް ސަރުކާރާ ހަވާލުކޮށްފައެވެ.

އަދި އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރަން ހިންގި މަޝްރޫއުތައް ނިންމައި، ލިއުން ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތެއް ވެސް މި ދަތުރުގައި ބޭއްވި އެވެ.

މި ދަތުރުފުޅާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާއިރު ޖައިޝަންކަރު ވަނީ ރާއްޖެއަކީ އަވަށްޓެރި ގައުމުތަކަށް ދޭ އިސްކަމުގެ ތެރެއިން ވެސް ޚާއްސަ އިސްކަމެއް ދޭނެ ގައުމެއްކަމަށް ވިދާޅުވެފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ވަނީ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ ވެސް ރޭ ބައްދަލުކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *