Tuesday, 28 July 2026

އިންޑިއާގެ އެހީގައި ހިންގި 6 މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްފި

އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގި 6 މަޝްރޫޢެއްގެ ނިމުން ފާހަގަކޮށް ފިއެވެ.

އެ މަޝްރޫޢުތަކުގެ ނިންމުން ފާހަގަކޮށްފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު އިއްޔެ ރާއްޖެ ފެއްޓެވި ދަތުތުގެ ތެރެއިން ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރޭ ނިމުން ފާހަގަކުރީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢުތަކެކެވެ.

މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިަ ހަ މަޝްރޫއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރި މެންޓަލް ހެލްތު ޔުނިޓް.
  • ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުމުގެ މަޝްރޫއު.
  • ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް.
  • ލ. ގަމުގެ އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް.
  • ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް.
  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު.

ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ދެ ފަހުމުނާމާއެއްގައި ސޮއިކުރިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށްޓަކައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު ސޮއިކުރި ފަހުމުނާމާ އާއި ސިވިލް ސާވިސްގެ އިތުރު 1،000 މުވައްޒަފަކު ތަމްރީނު ކުރުމަށްޓަކައި ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދު ގާއިމު ކުރި ފަހުމުނާމާއެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި އަންނަނީ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުންނެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި ޕްރޮޖެކްޓްތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ތިލަމާލެ ބްރިޖާއި އައްޑޫގެ މަގުތައް ހެދުމަކީ އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *