Wednesday, 28 October 2026
ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ

މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ތިން މެންބަރުން މަޤާމުގެ ހުވާކުރައްވައިފި

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެންބަރުން މަގާމުގެ ހުވާކުރައްވައިފިއެވެ.

މިދިޔަ މަހުގެ 20ގައި ބޭއްވީ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މައްޗަންގޮޅި މެދު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވާދަކުރެއްވީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ ކައުންސިލަރުކަމަށް ފާތިމަތު އިޝާން، ހުޅުމާލެ ދާއިރާ ކައުންސިލަރުކަމަށް އަލީ އައިމަން އަދި ހެންވޭރު ހުޅަނގު ދާއިރާ ކައުންސިލަރުކަމަށް ފާތިމަތު ޝައުފާ ސަލީމް އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހ. މީރުމާގައެވެ. ތިން މެންބަރުންނަށްވެސް ހުވާލާދެއްވީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އެވެ.

އެ ތިން ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރެއްވީ، އެ ގޮނޑިތައް ހުސްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ކައުންސިލްގެ ތިން މެންބަރަކު މަޖިލީހަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *