Tuesday, 28 July 2026

ބޮޑުމޮހޮރާއިން ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފި

ވ. ބޮޑުމޮހޮރާއިން ބަނގުރާ ފުޅިތަކަކާ އެކު ތިން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 2 ދިވެހިންނާއި ބިދޭސީއެކެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ތިން މީހުން ހައްޔަރު ކުރީ ބޮޑުމޮހޮރާގައި ބަންގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސްގެ އިތުރުން ވ. އަތޮޅުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، މ. ލަކްސް ގާޑަން، އަހްމަދު އަޝްރަފު (43އ)، ގދ. ތިނަދޫ، ބްލޫހެވަން އާގެ، އަމްޖަދު މުހައްމަދު (50އ) އަދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ނަލިން އިންޑިކާ ކޮޑިކާރަ (53އ)ކެވެ،

މި މައްސަލައާ ގުޅިގެން ބޮޑުމޮހޮރާ ބަލައި ފާސްކުރި އިރު 24 ފުޅި ބަންގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *