Tuesday, 28 July 2026
BREAKING

އައްޑޫ ސިޓީ، ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ވެލިފުންޏަކަށް އަރާ އައްޑޫ ސިޓީ ހިތަދޫގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރޭ ދަންވަރު 11:49 ހާއިރު މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެލިފުންޏަކަށް އަރައިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި ހާދިސާގައި 23 އަހަރުގެ ޒުވާނަކަށް އަނިޔާވެފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ޒުވާނާއަށް އަނިޔާވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެންނަން އުޅޭކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *