Tuesday, 28 July 2026

މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާތީ، ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް ނ. ހެނބަދޫގައި ފުލުހުންގެ ސައިކަލެއް ރޯކޮށްލައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ރޯކޮށްލާފައިވާ ކަމަށެވެ.

މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.

މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަަމަށް މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *