މަޝްހޫރު ވިޔަފާރިވެރިޔާ، މ.މެޑޯޒް، އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް)، 94، ނިޔާވެއްޖެއެވެ
އަތަމާ އަބްދުއްލަތީފް ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދެވެ. އޭނާ ނިޔާވިއިރު އުމުރުފުޅަކީ 94 އަހަރެވެ.
ތަފާތު ވިޔަފާރިތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވާފައިވާ އަބްދުއްލަތީފަކީ ދިވެހީން ހައްޖަށް ގެންދިއުމުގެ ޚިދުމަތް ފަސޭހަކޮށް، ވަރަށް ގިނަ އަހަރުތަކެއް ވަންދެއް ދެއްވި ޚިދުމަތްތެރިއެކެވެ.
އަބްދުއްލަތީފްގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން 1991 ވަނަ އަހަރު ހާއްސަ ހިދުމަތުގެ ދާއިރާއިން ދައުލަތުން އިނާމު ވެސް ދެއްވި އެވެ.


