Tuesday, 28 July 2026

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު ނިޔާވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު ނިޔާވެއްޖެއެވެ.

ހާމިދު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އާއިލާއަށް ތައުޒިޔާ ކިޔަމުން އަންނައިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔުއްވާފައެވެ.

ހއ. އިހަވަންދުއަށް ނިސްބަތްވާ ހާމިދު ނިޔާވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގައެވެ. ހާމިދު ނިޔާވިއިރު އުމުރުން 48 އަހަރެވެ.

ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ހާމިދު އައްޔަނުކުރެއްވީ ރައީސް ސޯލިހުގެ ވެރިކަމުގައި 28 ނޮވެންބަރު 2019 ގައެވެ. އެ މަނިކުފާނުގެ ވެރިކަން ނިމެންދެން ހާމިދު ހުންނެވީ އެ މަގާމުގައެވެ.

ޙާމިދު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް (އޮނާސް)އިން ޑިގުރީއެއް ހާސިލު ކުރައްވާފައިވާއިރު، އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *