Wednesday, 28 October 2026
ފޮޓޯ: ފިއުޗާ ކްލައިމެޓް ރެފިއުޖީ

27 މީހުންނާއެކު ވޭވަށު ފަރަށް ސާފާރީއެއް އަރައިފި

28 މީހުންނާއެކު މ. ވޭވަށު ފަރަށް "މައިނާ އެކެއް" ނަމަކަށް ކިޔާ ސާފާރީއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ، އެ ސަފާރީ ފަރަށް އަރައިގެން އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 12:19 ގައި ކަމަށެވެ. އެ ސަފާރީ ފަރަށް އެރި އިރު، އޭގައި 18 ފަތުރުވެރިން ތިބި އިރު އޭގައި 10 ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުނެއެވެ.

"މައިނާ 1″ ނަމަކަށް ކިޔާ މި ސަފާރީ މ. ވޭވަށުފަރަށް އެރީ ރޭ އައި ވިލާގަނޑެއްގައި ފަޅު ބޭރުގައި އަޅާފައި އޮތްވާ ނަގިލި ކަހާލައިގެން ކަމަށް އެނގިފައިވެ އެވެ. އަދި އެ ހާދިސާ ހިނގިއިރު ތިބި ހުރިހާ ފަތުރުވެރިންވެސް  ރޭ ވަނީ ސަލާމަތުން ވޭވަށަށް ގެންގޮސްފަ އެވެ.

އެގޮތުން ވޭވަށުން  ދެ ޑިންގީއަކާއި ލޯންޗެއް އެ ސަރަހއްދަށް އޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ދިޔަ އިރު އޭގައި ތިބި މީހުން އޭރު ތިބީ މޫދުގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭރު ފަރަށް އަރާފައިވާ އެ އުޅަނދުގެ ބޮޑުބައެއް އޮތީ އަޑިއަށް ގޮސް އެއް އަރަިއަކަށް އަރިވެފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *