މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފާސްކޮށްފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޫސުން ތަން ނުދިނުމުގެ ސަބަބުން މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލުކުރި ޝަރަފުގެ ހިނގާލުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފަސްކޮށްފައިވަނީ ކޮން ދުވަހަކަށް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް މިއަދު ބާއްވާފައެއް ނުވެއެވެ.


