ބިދޭސީންގެ ވޯކާ ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން 100،000 ރުފިޔާއަށްވުރެ ޖޫރިމަނާގެ އަދަދު އިތުރުވެފައިވާ 1026 ކުންފުނީގެ ނަން ހޯމް މިނިސްޓްރީން ރޭ އާންމުކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން މިލިސްޓް ރޭ އާއްމުކުރީ ސަރުކާރުގެ ގެޒެޓް ގައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ކުރިއަށް އޮތް އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދެއްކުމަށްވެސް އަންގާފަ އެވެ. އެ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން އާންމުކުރި ލިސްޓުގައި ރާއްޖޭގެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތައް ހިމެނެއެވެ. އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ އެހެން ކުންފުނިތައްވެސް ހިމެނެއެވެ.
ލިސްޓުން އެނގޭ ގޮތުގައި ބައެއް ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ދައްކަން އެބަހުއްޓެވެ.


