Wednesday, 28 October 2026

އިކޮނޮމިކް މިނިސްޓަރު، އިންޑިއާގެ ސަފީރާއި ބައްދަލުކޮށް ވިޔަފާރީގެ ދާއިރާ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މުނޫ މަހާވާރާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމަށް "އެކްސް"އަށް ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ސައީދު ވަނީ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އަދި ސަފީރު "އެކްސް"އަށް ޓްވީޓެއްގައި ވަނީ އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާ އެކު ފްރީ ޓްރޭޑު އެގްރިމެންޓެއް ހަދަން އިންޑިއާ އިން ބޭނުންވާ ކަމަށާއި އެގައުމުން އިސްވެ އެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މެއި މަހުގެ ތެރޭގައި ވަނީ ހާމަކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *