Tuesday, 28 July 2026

މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި އެވެ.

މީގެ ކުރީން ބަންގީގެ ވަގުތު ޖެހުނު ކަމުގައި ވިޔަސް މަޖިލިހުގެ ޖަލްސާ މެދުކަނޑާނުލައި ކުރިއަށް ގެންދެއެވެ. ނަމަވެސް ޓީވީތަކުގެ ލައިވް ބަންގީގެ ވަގުތަށް މެދުކަނޑާލައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް، މެންދުރު ނަމާދު ވަގުތު ޖެހުމާ އެކު، ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ވަގުތު ބަހުސް ކުރަމުން ދިޔަ މެންބަރުގެ މައިކު ކަނޑާލައްވައިފަ އެވެ. އެއާ އެކު، އެ ވަގުތު މުޅި މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު ގުގުމާލި އެވެ.\

އެ އަޑަކީ އިސްލާމް ދީނަށް މީހުން ހޭލުންތެރި ކުރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އަލީ ރަމީޒުގެ ބަންގީގެ އަޑެވެ.

މަަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވުމަށް ނިންމަވައިފައެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *