Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް

ކޭއެފްސީގެ ބިއްލޫރިގަނޑު ދެވަނަ ފަހަރަށް ތަޅާލައިފި

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިތައް އަނެއްކާވެސް ތަޅާލައިފި އެވެ.

ފުލުހުން ބުނީ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި، ބިއްލޫރިތައް ތަޅާލަފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާތީ އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ހުސްވި ހަފްތާގެ ހޯމަ ދުވަހުގެރޭވެސް ކޭއެފްސީގެ ބިއްލޫރިތައް ތަޅާލި އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު މީހަކު ހައްޔަރެއް ނުކުރެ އެވެ.

މާލޭގެ "ކޭއެފްސީ" އައުޓްލެޓްގެ ބިއްލޫރުގަނޑެއް ތަޅާލި އިރު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ރާއްޖޭގައި ވެސް "ކޭއެފްސީ" ބޮއިކޮޓް ކުރަން ގޮވައިލަމުން ގޮސްފައިވެ އެވެ. އެގޮތުން މީގެ ކުރިން ވަނީ ކޭއެފްސީ ކައިރީ މުޒާހަރާކޮށް، އެތަނާ ޖެހިގެން އަންނަ "ޕިއްޒާ ހަޓް" އަށް ވެސް ބަޔަކު ކަޅުތެޔޮ ޖަހާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *