Tuesday, 28 July 2026

ޔުނިފޯމް އެޅި މުވައްސަސާތަކުގެ މުވައްޒަފުން ނަޒާހަތްތެރިވާން ޖެހޭނެ: އިހުސާން

ޔުނިފޯމް އަޅައިގެން ދޭ އެއްވެސް ޚިދުމަތަކީ އޭގެ ޒާތުގައި ފަސޭހަ ޚިދުމަތެއް ނޫން ކަމަށާއި އެހެންވެ އެފަދަ ހިދުމަތްތައްދޭ މުއައްސަސާތަކުގެ މުވައްޒަފުން ވަރަށް ނަޒާހަތްތެރި ވާން ޖެހޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސް ސަރވިސްއަށް 134 ވަނަ އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމްސްގެ މައި ޢިމާރާތުގައި ދިދަ ނެގުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. ދިދަ ނަންގަވައިދެއްވީ މިނިސްޓަރ ޢަލީ އިހުސާން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޔުނީފޯމް އަޅައިގެން ޚިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާ އެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރު ވެސް ކުރައްވާނެ ކަމަށެވެ. އަދި އެފަދަ އޮފިސަރުން މިހާރަށް ވުރެ ވެސް މަތީ ހިސާބެއްގައި ހިފެއްޓޭތޯ ބައްލަވާނެ ކަމަށާއި، އެ ހިފަހައްޓާ ހިފެއްޓުމުގައި ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މުއައްސަސާތަކުން ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށެވެ. ކަސްޓަމްސްގެ ޚިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް އެއްދުވަހަށްވުރެ އަނެއް ދުވަހެއް ބަދަލުވެ ރަނގަޅުވެގެން އައުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއްކަމަށްވެސް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *