Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މެންބަރުންނާއެކު ފުރާ އެންމެންނަށް ވީއައިޕީ ނުދޭން ފާސްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް މެންބަރުންނާއެކު ދާ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް މިއަދު ނިންމި ނިންމުން އަނބުރާ ގެންގޮސް މެންބަރުންނާއި އެ މީހުންގެ އާއިލާތަކަށް އެކަނި ވީއައިޕީގެ ހިދުމަތް ބޭނުން ކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

ކުރީގެ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި ވީއައިޕީ ލައުންޖް ބޭނުން ކުރުމުގައި މެމްބަރުންނަށް ލިމިޓްކޮށްފައެއް ނޯވެ އެވެ. ނަމަވެސް 19 ވަނަ މަޖިލީހުން ވަނީ އަނބިމީހާ/ފިރިމީހާ އާއި ދަރިންނާއި މައިންބަފައިންނަށް އެކަނި ހިދުމަތް ދެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފަ އެވެ.

ނަމަވެސް އޭގެފަހުން މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙަލަތު މިހާރު ހުރިގޮތުން އަލުން އެ ނިންމެވުން މުރާޖާކުރުމަށް ނިންމާފައެވެ. އެގޮތުން ފޭދޫ ދެކުނު ދައިރާގެ މެންބަރު އިބްރާހީމް ދީދީ ހުށައެޅުއްވީ ވީއައިޕީގެ ޚިދުމަތް މެންބަރުންނާއި އެ މެންބަރުންގެ އާއިލާއަށް ޚިދުމަތްދޭ ގޮތް ހެދުމަށެވެ.

މަޖިލިސް މެންބަރުންނާ އެކު ފުރާ އެންމެނަށް ވީއައިއޭގެ ވީއައިޕީ ލައުންޖުން ޚިދުމަތް ދޭގޮތަށް 19ވަނަ މަޖިލީހުން ފާސްކުރީ މެންބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ދަށުންނެވެ.

މިއަދު ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ކޮމިޓީން ބޭރުކޮށްލައި، ކޮމިޓީން މިރޭ ފާސްކުރީ 2020ވަނަ އަހަރު އަމަލު ކުރަމުން އައި ގޮތަށް މެންބަރުންނާއި މެންބަރުންގެ އާއިލާއަށް އެކަނި ވީއައިޕީ ލައުންޖުން ޚިދުމަތް ލިބޭ ގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *