ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ޕޮލިސް އެކެޑެމީގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށެވެ. ފަރުވާ ދިނުމަށްފަހު ބައެއް ދަރިވަރުން އަނބުރާ ޕޮލިސް އެކެޑެމީ އަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދާދި ދެންމެއަކު ވަނީ ހޮސްޕިޓަލުގައި މި ވަގުތުވެސް 32 ދަރިވަރުންނަށް ފަރުވާދެމުން އަންނަކަމަށް ބުނެފައެވެ. އެތަނުން 5 ދަރިވަރުން ތިބީ އައިސީޔޫގައި ކަމަށާއި އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކާނާ ވިހަވި ބައެއް ކުދިންނަށް ހޮސްޕިޓަލުން އޮކްސިޖަންގެ އެހީގައި ފަރުވާދީފައިވެއެވެ. ނަމަވެސްި ކާނާ ވިހަވެގެން ފަރުވާދިން ޖުމްލަ ކުދިންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.


