Wednesday, 28 October 2026

ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތައް ލަހުން ރަޖިސްޓްރީ ކުރާނަމަ ޖޫރިމަނާ ކުރާނަން: ފެމިލީ ކޯޓު

އާއިލާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ލަހުން، ރާއްޖޭން ބޭރުގައި ދިވެއްސަކު ކުރި ކައިވެންޏެއް ރަޖިސްޓްރީ ކުރަން ހުށަހަޅައިފިނަމަ ޖޫރިމަނާ ކުރުމަށް ފެމިލީ ކޯޓުން ނިންމައިފި އެވެ.

އެ ކޯޓުން ވިދާޅުވީ، ކައިވެނި ކުރި ގައުމުގައި ރާއްޖޭގެ ރަސްމީ އޮފީހެއް ހުރި ނަމަ ކައިވެނި ކުރިތާ ދެ މަސް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ ކުރަން ހުށަހަޅަން ވާނެ ކަަމަށެވެ. އަދި އެފަދަ އޮފީހެއް ނެތް ގައުމެއް ނަމަ ކައިވެނި ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރަން ކޯޓަށް ހުށަހަޅަން ވާނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވެފައި ވެެއެވެ.

ފެމިލީ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައިވިދާޅުވީ އެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވާ ފަހުން ހުށަހަޅާ ފޯމެއް ބަލައިގަނެވޭނީ 1،000 ރ. ގެ ޖޫރިމަނާއެއް ދެއްކުމުން ކަމަށް އެ ކޯޓުން ވިދާޅުވިއެވެ.

އަދި ކައިވެނި ރަޖިސްޓްރީ ކުރަން ކޯޓަށް ހުށަހަޅަންވާނީ، ގާނޫނާއި ގަވާއިދުގައި ބުނާ ލިޔެކިޔުންތަކާއެކު އެކަމަށް ކަނޑައެޅިފައިވާ ފޯމުން ކަމަށް އެ ކޯޓުން ވިދާޅުވެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *