Tuesday, 28 July 2026
ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން

ޑެޕިއުޓީ މިނިސްޓަރު ޒިހާން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެއްޖެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލައަށް އެކަހެރި ވެފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.

ޒިހާން ސަސްޕެންޑްކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ބައެއް މީޑިޔާތަކަށް އޭނާ ސަސްޕެންޑް ނުކުރާކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ މަގާމުން އެކަހެރިވީ، އޭނާގެ މަގާމާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމުންނެވެ.

ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް ޒިހާން އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޒިހާން ހުންނެވީ، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމުގައެވެ.

އޭނާ އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓުގެ މަޤާމުން ވަކިކުރި ފަހުން ވަނީ ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކި ތުހުމަތުތައް ކުރައްވައިފަ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *