Tuesday, 28 July 2026
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ސްޓޭޖުން ފޭބުމަށް އެހީތެރިވެދެމުންދާއިރު ސީކްރެޓް ސާވިސްގެ އެޖެންޓުންގެ ވަށައިގެން ތިއްބަވަނީ[ޖީން ޖޭ ޕުސްކާރ/އޭޕީ ފޮޓޯ]

ކެމްޕެއިން ޖަލްސާއެއްގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީފި

ވޮޝިންޓަން: އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކެމްޕެއިން ޖަލްސާއެއްގެ ތެރޭގައި ބަޑިން ހަމަލާދީފިއެވެ.

ހޮހަމަލާދީފަ ވަނީ ހޮނިހިރު ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންއެވެ.

މި ހަމަލާގައި ޓްރަމްޕްގެ ކަންފަތުގައި ވަޒަން ޖެހިފައިވާ ކަމަށް ރަސްމީކޮށް ރިޕޯޓްކޮށްފައިވެ.

މީގެ އިތުރުން ބަޑިޖެހި ކަމަށް ޝައްކު ކުރެވޭ މީހާ އާއި ޖަލްސާއެއްގަ ހާޒިރުވި މީހަކު މަރުވެއްޖެ އެވެ.

މީގެ އިތުރުން ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވަނީ ހޮނިހިރު ދުވަހު ޓްރަމްޕްގެ އެއްވުމުގައި ބަޑިޖަހާފައިވާ ކަމަށް ޝައްކު ކުރެވޭ ޕެންސިލްވޭނިއާގެ 20 އަހަރުގެ ފިރިހެނެއް ކަމަށް ބުނެފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކެމްޕޭން ޖަލްސާ ބާއްވާ ސައިޓެއް ހުސްފައި އޮތީ ޖުލައި 13، 2024 ވީ ހޮނިހިރު ދުވަހު ޕެނިސިލާގެ ބަޓްލަރގައި (އޭޕީ ފޮޓޯ/އިވާން ވުޗީ)

ފުރަތަމަ ދެ ޝޮޓެއް ކަމަށް ފެނުނު ގޮތަށް ފަހު ޓްރަމްޕް ވަނީ މޫނުގެ ކަނާތު ފަރާތުގައި އަތްލާފަ އެވެ.

ބަޑިޖެހުމާއެކު ސީކްރެޓް ސާވިސްގެ އެޖެންޓުން އޭނާ ރައްކާތެރި ކުރުމަށްޓަކައި އޭނާގެ މައްޗަށް ނިވާވެ އެވެ.

އޭނާ ވަނީ އެތަނުގެ މެޑިކަލް ފެސިލިޓީއަކަށް ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *