Tuesday, 28 July 2026
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން

އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަންކުރަނީ

އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން އައްޔަން ކުރުމަށް އޭނާގެ ނަން، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ހުށަހަޅުއްވައިފިއެވެ.

ޝާހިދު މިއަދު ވިދާޅުވީ، އެމް.ޑީ.ޕީ.ގެ ނައިބު ރައީސްގެ މަގާމަށް ހިސާން އައްޔަނު ކުރުމަށްޓަކައި ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ހުށަހެޅުއްވީ މިއަދު ކަމަށެވެ. އެގޮތުން ޕާޓީގެ ލީޑަޝިޕުގައި އަންހެނުން މަދުވުމަކީ ހިސާން ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރަން ވިސްނެވި ސަބަބެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަލްއުސްތާޒާ ހިސާން ހުސެއިން މި ޕާޓީއަށާއި ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެމެވެ،" ޝާހިދު ވިދާޅުވި އެވެ.

ހިސާންއަކީ އެމްޑީޕީއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވަމުން ގެންދަވާ އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ވެސް މެ އެވެ.

މީގެ ކުރިން ހިސާން ވަނީ ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ މެމްބަރުކަން ކުރައްވާފައެވެ. އަދި އެމްޑީޕީގެ ޓީމުގައި އިސް ދައުރެއް އަދާ ކުރާ ހިސާން ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަންވެސް ކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *