Tuesday, 28 July 2026
މިފްކޯ

ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުން ނުކުމެ އެރަށް ސާފުކޮށްފި

މިފްކޯގެ ސައިޓެއް ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގެ މުވައްޒަފުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ހެނދުނު ކޫއްޑޫގައި ފެށި މި ޕްރޮގްރާމުގައި މިފްކޯ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ސީއެފްއޯގެ އިތުރުން މެނޭޖުމެންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ކޭއެފްސީގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލު ވިދާޅުވީ، ޖުމްލަކޮށް މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން މުވައްޒަފުން އިތުރަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތުމާއެކު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ފެށީ ކަމުގައެވެ.

"މި ހަފްތާ ނިމެންވާ އިރަށް ރަށުތެރެ އެއްކޮށް ސާފުކުރެވޭނެ." މުސްތަފާ ވިދާޅުވިއެވެ.

ކުންފުނީގެ މާލީ ހާލަތު ތަންދޭ މިންވަރަކުން މިފްކޯއިން އަންނަނީ ކޫއްޑޫ ފެސިލިޓީން އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންނެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *