Tuesday, 28 July 2026
ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން: -- ފޮޓޯ/ އިމިގްރޭޝަން

ހުޅުމާލެ ކޮފީޝޮޕްތައް ބަލައި ފާސްކޮށް 8 ބިދޭސީއަކު ހިފަހައްޓައިފި

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ހުންނަ ޓޭކްއަވޭ ކޮފީޝޮޕްތައް ބަލައި ފާސްކޮށް 8 ބިދޭސީއަކު ވަނީ ހިފަހައްޓައިފި އެވެ

މިއަދު ހެނދުނު ހެނދުނު އެކްސްގައި މޯލްޑިވްސް އިމިގްރޭޝަން ސާވިސްއިން ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަނާއި ފުލުހުންގެ ޖޮއިންޓް ޓާސްކްފޯސް އިން ހަފުތާ ބަންދުގައި ހިންގި ރެއިޑްގައި އަމާޒުކޮށްފައިވަނީ ޓޭކްއަވޭ ކޮފީޝޮޕް ވިޔަފާރިތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކަމަށެވެ.

އަދި އެ ރެއިޑްގެ ތެރެއިން އިތުރު ތަހުގީގަށް އަށް ބިދޭސީއަކު ހިފަހައްޓާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނަމަވެސް ހައްޔަރުކުރީ ކޮން ޤައުމަކަށް ނިސްބަތްވާ ބިދޭސީންތަކެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ވަނީ ގައުމީ ޓާސްކްފޯހެއް އުފައްދާފައެވެ.

އިމިގްރޭޝަނުން މި ހަފުތާގެ ކުރީކޮޅު ވަނީ މި ޓާސްކް ފޯހުން ހިންގި އޮޕަރޭޝަންތަކުގައި ގަވައިދާ ހިލާފަށް އުޅުނު 1،800 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *