ތުއްތު ދަރިފުޅަށް 2 އަހަރު ވަންދެން ދޭންޖެހޭ ކާނާއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފިއެވެ.
އެ ފޮތް ލޯންޗްކޮށް ދެއްވީ ހެނދުނު ހެލްތު މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
"ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ"ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ފޮތަކީ ކުއްޖާގެ ފުރަތަމަ 1000 ދުވަހު ކުޑަކުދިންގެ ނިއުޓްރިޝަންގެ ޙާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޞިއްހީ ގޮތުން ރަނގަޅު ރެސިޕީތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
އަދި މި ފޮތަކަީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އާއި ޔުނިސެފުން ސޯޝަލް އެންޑް ބިހޭވިއަ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީގެ ދަށުން ތައްޔާރުކުރި ފޮތެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ހެލްތް މިނިސްޓްރީން ހާމަކުރިގަޮތުގައި މި ފޮތް އޮންލައިންކޮށް ޞިއްޙީ ވުޒާރާގެ ވެބްސައިޓުން ކިޔާލެވޭނެއެވެ. އަދި މި ފޮތުގައި ކުޑަ ދަރިފުޅަށް 6 މަސް ފުރުމުން، ދަރިފުޅަށް ފައިދާ ހުރި ކާނާ ދޭން ފަށާނެ ގޮތާއި ކާނާ އިޚުތިޔާރު ކުރާނެ ގޮތުގެ އިތުރުން ކެއިން ބުއިމުގެ އާދަކާދަތައް ބައްޓަންކުރާނެ ގޮތުގެ މަޢުލޫމާތާއި 30 ރެސިޕީ ހިމެނޭކަމަށް ހެލްތުން ބުނެއެެވެ.


