ސިނަމާލެ 3 ގެ ޓެރަސްގައި ހުރި ދަގަނޑުތަކެއް ވަގަށް ނެގި 3 މީހުން ފުލުހުންގެ ހިދުމަތުން ހޯދާ ބަންދުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިއަދު ވިދާޅުވީ ސިމަމާލެ 3 ގެ ޓެރަސްގައި ޖަހާފައި ހުރި އާތު ދަގަނޑުތަށް ވަގަށް ނަގާފައިވަނީ ސިނަމާލެ 3ގައި ދިރިއުޅެމުންދާ ތިން 3 ފިރިހެނުން ކަމަށެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ ރޭ ފަތިހު 5:00 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާއި ގުޅިގެން ތިން ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 35 އަހަރުގެ 2 މީހުންނާއި 42 އަހަރުގެ ފިރިހެނެއްކަމަށެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


