Tuesday, 28 July 2026

ސިނަމާލެ ފްލެޓެއްގެ އާތު ރޮޑްތަކެއް ވަގަށް ނަގައިފި

ސިނަމާލެ 3 ގެ ޓެރަސްގައި ހުރި ދަގަނޑުތަކެއް ވަގަށް ނެގި 3 މީހުން ފުލުހުންގެ ހިދުމަތުން ހޯދާ ބަންދުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްއިން މިއަދު ވިދާޅުވީ ސިމަމާލެ 3 ގެ ޓެރަސްގައި ޖަހާފައި ހުރި އާތު ދަގަނޑުތަށް ވަގަށް ނަގާފައިވަނީ ސިނަމާލެ 3ގައި ދިރިއުޅެމުންދާ ތިން 3 ފިރިހެނުން ކަމަށެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ ރޭ ފަތިހު 5:00 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާއި ގުޅިގެން ތިން ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 35 އަހަރުގެ 2 މީހުންނާއި  42 އަހަރުގެ ފިރިހެނެއްކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *