Tuesday, 28 July 2026
WAFA

އަރްމޭނިއާއިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި

ރިޕަބްލިކް އޮފް އަރުމީނިއާއިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމުން، ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ގަބޫލުކުރާ ގައުމުތަކުގެ އަދަދު އދ.ގެ އާންމު މަޖިލީހުގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 149 އަށް އަރައިފިއެވެ.

އަރްމީނިއާގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގެ އިންސާނީ ޙާލަތާއި މިހާރު ހިނގަމުންދާ ހަނގުރާމައަކީ ބައިނަލްއަޤްވާމީ ސިޔާސީ އެޖެންޑާގައި ހިމެނޭ މުހިންމު މައްސަލަތަކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އދ.ގެ އާންމު މަޖިލީހުގެ ގަރާރުތަކުގައި ރިޕަބްލިކް އޮފް އަރްމީނިއާ ވަނީ ބައިވެރިވެފައެވެ.

އެ މިނިސްޓްރީން ބުނީ ފަލަސްތީނުގެ މައްސަލައަށް ސުލްހަ އާއި އަމާންކަން ގާއިމުކުރުމަށް އޮތް ހަމައެކަނި ގޮތަކީ ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް ބިނާކޮށް އަރްމީނިއާ އިން މަސައްކަތް ކުރުން ކަމަށެވެ.

ސްލޮވޭނިއާ، ސްޕެއިން، ނޯވޭ އަދި އަޔަލޭންޑުން މިދިޔަ މަހު ކުރި މިފަދަ އިއުލާނުތަކާ ގުޅިގެން ފަލަސްތީނުގެ ދައުލަތަށް އޮންނަ ބައިނަލްއަގުވާމީ ތާއީދު ވަނީ ވަރުގަދަވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *