މާފަންނުގައި ހުންނަ ގެސްޓު ހައުސްއެއްގެ ތެރޭ ނޭޕާލް މީހެއް ރަހީނުކުރި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް ކޯޓުން ބަންދަށް 15 ޖަހާފައި ކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރު ކޮއްފައިވަނީ 30 އަހަރުގެ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުން ކުރިން ވަނީ ރަހީނުކޮއްގެން ގެންގުޅުނު ނޭޕާލް މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ހާލު ރަނގަޅުކަމަށް ވިދާޅުވެފަ އެވެ.
ކުރިން މި މައްސަލާގައި ވަނީ ބަންގުލަދޭޝްއަށް ނިސްޕަތްވާ ދެ މީހަކު ހައްޔަރުކޮށް އެތަނުން އެކަކުވަނީ ދޫކޮއްލާފަ އެވެ. ބަންދުގައި ހުރި މީހާގެ ބަންދަށް ކޯޓުންވަނީ 10 ދުވަސް އިތުރުކޮށްފައެވެ.


