Tuesday, 28 July 2026

ގެސްޓް ހައުސްގައި ނޭޕާލް މީހެއް ރަހީނު ކުރި މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި

މާފަންނުގައި ހުންނަ ގެސްޓު ހައުސްއެއްގެ ތެރޭ ނޭޕާލް މީހެއް ރަހީނުކުރި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް ކޯޓުން ބަންދަށް 15 ޖަހާފައި ކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ އެވެ.

ފުލުހުން  ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރު ކޮއްފައިވަނީ 30 އަހަރުގެ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ފުލުހުން ކުރިން ވަނީ ރަހީނުކޮއްގެން ގެންގުޅުނު ނޭޕާލް މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ހާލު ރަނގަޅުކަމަށް ވިދާޅުވެފަ އެވެ.

ކުރިން މި މައްސަލާގައި ވަނީ ބަންގުލަދޭޝްއަށް ނިސްޕަތްވާ ދެ މީހަކު ހައްޔަރުކޮށް އެތަނުން އެކަކުވަނީ ދޫކޮއްލާފަ އެވެ. ބަންދުގައި ހުރި މީހާގެ ބަންދަށް ކޯޓުންވަނީ 10 ދުވަސް އިތުރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *