މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިއަށްނަ މަހޔގެ ވެސް ކަރަންޓް ބިލް ބިޑޔވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ކަރަންޓް ބިލްތަށް ބޮޑުވުމުގެ ޝަކުވާ ގިނަ އަދަދަކަށް ލިބެމުންދާކަމަށާއި ނަމަވެސް އެއީ ސްޓެލްކޯއިން ކުރާ ކަމައް ނީން ކަމަށާއި ކުރިޔަށް އޮތްމަހުގެ ބިލްވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
”މި އަހަރުވެސް މިއީ އައު ވާހަކައެއް ނޫން. މީގެ ކުރީގެ އަހަރު ތަކުގައުވެސް ނޫސްތަކަށް ބަލާލުމުންވެސް އެބަހުރި އެނގެން ބޮޑުވެފައި ހުރިކަން. އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން ހުރިގޮތުންވެސް، މި މަހު އެކަންޏެއްނޫން އަންނަ މަހުވެސް މި ފޯކާސްޓް ދައްކާ ގޮތުން ކަރަންޓް ބިލު ބޮޑުވާނެ ކަމަށް މި ބަލަނީ“ ސްޓެލްކޯގެ އެމްޑީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ ރާއްޖެއަށް ފަހުގެ ތާރީހެއްގައި އައި އެއްމެ ހޫނުގަދަ ދުވަސްތައް ހުރީ މިދިޔަ މި މަހާ މަހުގަކަމަށާއި ރާއްޖެ ކައިރީ ގައުމުތަކަށްވެސް ހޫނުގަދަ ވުމުގެ ސަބަބުން ބިލްތަށް ބޮޑުވެފައިވާ ކަމައް އެމަނިކުފާނު ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
ކަރަންޓު ބިލް ދެގުނައަށް ބޮޑުވެދާނެތޯ އެހެމުން ފަހުމީ ވިދާޅުވީ އެހެން ވުމުގެ ފުރުސަތު އޮތް ކަމަށާއި ސަބަބަކީ ޓެރިފް ސްޓްރަކްޗަރ އިންނަ ގޮތުން މަތީ ބޭންޑަށް ފޯލް ވާނީ ކަމަށެވެ.
” މިސާލަކަށް 600 ނުވަތަ 800 ޔުނިޓަށްވުރެ ގިނައިން އަރާ ކޮންމެ ބިލަކަށް ހަމަ ޓެރިފް މަތީ ރޭޓުން ހަމަ ކަލްކިޔުލޭޓް ކުރާނީ“ ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވަނީ ކަރަންޓު ހަރަދު ކުޑަ ކުރުމަށް އެއްމެ ގިނައިން ކަރަންޓް އަރާ ފިނިކުރުމަށް ބޭނުން ކުރާ ތަކެތި ކަމަށްވާ އޭސީ އަދި ފުރިޖް ކަހަލަތަކެތި ބޭނުން ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާ ކުރައްވާފަ އެވެ. އެގޮތުން އޭސީ 16 ގައި ބެހެއްޓުމުގެ ބަދަލުގައި 25 ވަރުގައި ބެހެއްޓުމުން ކަރަންޓުގެ ހަރަދު ކުޑަވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.


