ބައެއް މީޑިއާ ތަކާއި އާންމު ފަރުދުންނަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރު ދީފައިވާ މައްސަލަތައް ބަލަން ފަށަަފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެ އެވެ.
ރޭ ފުލުހުން ފޭސްބުކުގައި ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މީހުންނާއި ތަކެއްޗަށް ގެއްލުންދޭނެ ކަމަށް ބުނެ އަދި ވަކިން ހާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއަަތަކަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދޭ މައްސަލަ އަކީ އެ ހިދުމަތުން ވަރަށް ސީރިއަސް ކަމާއެކު ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަތަށް ތަހުގީގުކޮށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.


