Tuesday, 28 July 2026

މީޑިއާތަކަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރުދޭ މައްސަލަ ފުލުހުން ބަލަން ފަށައިފި

ބައެއް މީޑިއާ ތަކާއި އާންމު ފަރުދުންނަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރު ދީފައިވާ މައްސަލަތައް ބަލަން ފަށަަފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެ އެވެ.

ރޭ ފުލުހުން ފޭސްބުކުގައި ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މީހުންނާއި ތަކެއްޗަށް ގެއްލުންދޭނެ ކަމަށް ބުނެ އަދި ވަކިން ހާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއަަތަކަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދޭ މައްސަލަ އަކީ އެ ހިދުމަތުން ވަރަށް ސީރިއަސް ކަމާއެކު ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަތަށް ތަހުގީގުކޮށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *