Tuesday, 28 July 2026
ފޮޓޯ: އެޑިޝަން.އެމްވީ

ގަވައިދާ ހިލާފަށް އުމްރާއަށް މީހުން ގެންދިޔަ ޖަމިއްޔާއެއްގެ މައްސަލަ ބަލަން ފުލުހައް ހުށައަޅަނީ

ގަވައިދާ ޙިލާފަށް އުމްރާއަށް މީހުން ގެންގޮސްފައިވާ ޖަމާއަތެއްގެ މައްސަލަ ބެލުމަށް މިއަދު ޕޮލިހަށް ހުށައަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓރު މިއަދު އެކްސްގައި ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އުމްރާއަށް މީހުން ގެންދިޔުމަށް ރާއްޖޭގައި ކަޑައަޅާފައިވާ އުސޫލާ ހިލާފަށް މީހުން އަތުން ލާރި ނަގައި އެކަމަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާއަށް މިއަދު ހުށައަޅާނެ ކަމަށެވެ.

ހައްޖާއި އުމްރާއަށް މީހުންގެންދާ ބައެއް އަމިއްލަ ޖަމިއްޔާތަކުން އަމަލުކުރަމުންދާ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން އެ ޖަމިއްޔާ ތަކުގެ ބެލުމުގެ ދަށުން ހައްޖާއި އުމްރާއަށްދާ މީހުންނަށް މީގެ ކުރިން ވެސް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

މިއަހަރު އަލް މަޝްޢަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ބެލުމިގެދަށުން އުމްރާއަށް ދިޔަ 50 މީހުންވަނީ ފުރިޔަ ނުދީ ހުއްޓުވާފަ އެވެ. ސަބަބެއްކަމަށް އޭރު ބުނީ ރާއްޖެ އައުމަށް ރިޓާން ޓިކެޓް ނެތުމެވެ.  މިހާތަނަށް ޓިކެޓްގެ ކަންކަން ހަމަޖެހިފައިވާ 42 މީހުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރާއްޖެ އަށްނާނެ ކަމަށް އެގުރޫޕުގެ ވެރިޔާވަނީ ވިދާޅުވެފައެވެ.

އޭރު އިސްލާމިކް މިނިސްޓްރީއިން ވަނީ އުމްރާއާއި ހައްޖަށް އަމިއްލަ ޖަމިއްޔާއަކާ އެކުގައި ދާނަމަ އެއީ މިނިސްޓްރީއިން ހުއްދަދީގެން ދާ ޖަމިއްޔާއެއްތޯ ބެލުމަށް އިލްތިމާސް ކޮއްފައެވެ. ހައްޖާއި އުމްރާއަށް ދިޔުމުގެ ހުއްދަ ދީފައިވާ ޖަމިއްޔާ ޖަމާއަތްތަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަށް ހުންނާނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *