Tuesday, 28 July 2026

ޔޫއޭއީއަށް ބޯކޮށް ވާރޭވެހި، ދުބާއީ އެއާޕޯޓުގައި ފެންބޮޑުވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަންގާރަ ދުވަހު ރެކޯޑު މިންވަރަކަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ހައިވޭތަކާއި ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.

ޔޫއޭއީ ސަރުކާރުގެ ނޫސް އޭޖެންސީ ޑަބްލިއުއޭއެމްއިން ބުނީ މި ވިއްސާރައަކީ 1949 ވަނަ އަހަރުގެ ފަހުން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު މޫސުމީ ކާރިސާ ކަމަށެވެ.

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އެއްކުރި މޫސުމާ ބެހޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ރޭ ގެ ވަގުތެއްގައި ދުބާއީއަށް ވަނީ 20 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަންގާރަ ދުވަހުގެ ހެނދުނު 9:00 އެހާކަންހާއިރު އުފެދުނު ތޫފާންތައް މުޅި ދުވަހު ވެސް ގަދަވަމުން ދިޔައިރު، ކެނޑިނޭޅި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ.

އަންގާރަ ދުވަހުގެ ނިޔަލަށް ދުބާއީއަށް 142 މިލިމީޓަރަށް ވުރެ ގިނަ އިން ވާރޭ ވެހިފައިވެ އެވެ. ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް އެވްރެޖްކޮށް އަހަރަކު 94.7 މިލިމީޓަރު ވާރޭ ވެހެއެވެ. މިއީ ބައިނަލްއަގުވާމީ ދަތުރުތަކަށް ދުނިޔޭގައި އެންމެ ބިޒީ އަދި ދިގު ރާސްތާގެ އެއާލައިން އެމިރޭޓްސް މައި އެއް ހަބެވެ.

އަންގާރަ ދުވަހުގެ ރޭ އެއާޕޯޓުގެ ރަންވޭ އާއި ކައިރީ ދަތުރުފަތުރުކުރާ މަގުތަކުގައި ފެންބޮޑުވެ ދަތުރުފަތުރުވަނީ 25 މިނެޓަށް މެދުކެނޑިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *