Tuesday, 28 July 2026

އައްޑޫއާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފަށަނީ

އައްޑޫ އާއި ގއ. ކޫއްޑޫައާއި ދޭތެރޭ ސީދާ ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ނިންމައިފި އެވެ.

ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު މި ދަތުރުތަށް ފަށާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 29 ގައެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި — އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކޮށް، އެ ސަރަހައްދުގެ އިގްތިސާދު ވަރުގަދަ ކުރުމެވެ.

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުތަކުން ގުޅާލުމާ ގުޅިގެން އައްޑޫ ސިޓީގެ ގަމަށް ދަތުރުކުރަމުންދާ ސްރީލަންކަން އެއާލައިންސްގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ގއ. އަދި ގދ. އަތޮޅުތަކުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ދަތުުރުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

އައްޑޫ ސިޓީއާއި ގއ. ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާތީ މިދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *