ރޭ އިރާކޮޅު މާފަންނު ޠޮއިބާ މިސްކިތް ކައިރީގައި ހަދަމުންދާ އިމާރާތެއްގެ ސީޓު މައްޗަށް މީހަކު ވެއްޓިފައި އޮއްވާ ފެނިއްޖެ އެވެ.
މިކަން ރިޕޯޓުކުރުމާއެކު އެމްއެންޑީއެފް އަދި ފަޔާ އެންޑް ރެސްކިއުއިން ވަނީ އެތަނުގައި ހަރަކާތްތެރި ވެފައެވެ.
މައުލޫމާތު ލިބޭގޮތުގައި މާފަންނު ގެއެއްގެ ޓެރެސް އިން ޖެހިގެން ހުރި، ހަދަމުންދާ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގެ ޝީޓު މައްޗަށް ވެއްޓިފައި އޮތީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ އެތަނުން ވެއްޓުނީ ކިހިނެތްކަމެއް އަދި ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަނިޔާވީ ފަރާތަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.


