Tuesday, 28 July 2026

ވޭތުވެދިޔަ ސަރުކާރުތަކުން އުޅެމުން އައި ސިޔާސީ ބަދަލުހިފުމުގެ ސާކަލްއިން ނުކުންނަން ޖެހޭ – ރައީސް

ދިވެހިރާއްޖޭގެ ވެރިކަންތައް ބަދަލުވެގެން އަންނަ ކޮންމެ ފަހަރެއްގައި ސިޔާސީގޮތުން ބަދަލު ހިފުމުގެ މިއުޅޭ ސާކަލްއިން ނުކުންނަށް ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ ފޭސް ޓޫގައި ބޭއްވި ޖަލްސާގައި ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ވެރިކަންތަކުން އުޅެފައިވަނީ އެއް ސަރުކާރުން ކޮށްފައި ހުންނަ ކަންކަން ބަދަލުކުރުމާއި ވެރިކަން ކޮށްފައިވާ މީހުން ޖަލަށްލުމާއި، އަދި ސިޔާސީ މަގާމުތަކުގައި ތިބޭމީހުން އެއީ ސިޔާސީ މީހުނަަށް ވީމަ ހިފާ ހައްޔަރު ކުރުމާ މިފަދަ ނުބައި އޮއިވަރެއްގެ ތެރޭގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އެފަދަ އޮއިވަރެއްގައި ޖެހިވަޑައިނުގަންނަވާނެކަމަށެވެ. އަދި ރައީސް ވިދާޅުވީ ވެރިކަމަށް އަންނަން ވީ އެންމެ ބޮޑު އެއް ވަޢުދަކީ ބަދަލު ހިފުން ނައްތާލާނެކަމުގެ ވައުދު ކަމަށެވެ. ވެވަޑައިގަންނަވާ ކޮންމެ ވައުދަކަށް ހުރުމަތްތެރިކޮށް ހިއްޕަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

“އަޅުގަނޑުވާ ވައުދެއް ވިއްޔާ އިޙްލާސްތެރި ކަމާއި، ތެދުވެރިކަމާއި އަދި އަމާނަތްތެރިކަމާއި އެކީގައި އަދާކުރުމަށްޓަކާ ވައުދު ވަނީ “ ރައީސް ޑރ. މުޙައްމަދު އިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެވައުދުތައް އެގޮތަށް ފުއްދޭނީ ރިޔާސީ އިންތިހާބެކޭ އެއްފަދައިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެވެސް އަގުލަބިއްޔަތު ރައްޔިތުންދީގެން ކަމަށެވެ.

ބައެއް ސިޔާސީ ބޭފުޅުން ޕޯޑިއަމްތަކާ، މައިކުތައް ހިއްޕަވައިގެން ދައްކަވާ ވާހަކައިން އިހުސާސްވަނީ އަދިވެސް އެބޭފުޅުން ބަދަލު ހިފަން ބޭނުން ވެފައިތިބޭ ކަމުގެ އިހުސާސް، ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްވަނީ އެފަދަ ބައެއްގެ އަތްމައްޗަށް މަޖިލިސް ދޫކޮށްލައިފިނަމަ އަނެއްކާވެސް ކުރިން ރިޕީޓުވަމުން އައި ބަދަލުހިފުމުގެ ކަންކަން ފަށާ ފާއިތުވި ވަރަށް ވުރެވެސް ބޮޑަށް އިދިކޮޅުން މަޖިލީހުގައި ބަދަލު ހިފުމުގެ ރޫހުގައި ސަރުކާރުން ފުއްދަން މަސައްކަތް ކުރާ ވައުދުތަކަށް ހުރަސް އަޅަން ކަންކަން ކުރާނެކަމަށެވެ.

މިސަބަބަށް ޓަކައި ކުރިޔަން އޮތް މަޖިލިސް ދިވެހިންގެ ރާއްޖޭގެ ކެޑިޑޭޓުންނަށް ދޭން ޖެހޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *