ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފުން ތަކަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ވަޒީރު ކަމުން ވަކިކުރެވުނެ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއާއި ދެކޮޅަން އަނިޔާ ލިބުނުކަމަށް ބުނާ މީހުން ތަހުގީގަށް ދީފައިވާ ބަޔާންތައް ސޯޝަލް މީޑިއާގައި ލީކު ކޮށްލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވި އޭނާ މަގާމުން ދުރުކުރި އެވެ. އަދި ރައީސްގެ ހާއްސަ އެންގެވުމަށް ފުލުހުން ހިންގި ތަހުގީގަށް ފަހު ޖިންސީ ގޯނާގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި އެވެ. އެއީ ނޮވެމްބަރު 18، 2020 ގައެވެ. އެކަމަކު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ރާއްޖެއިން ފިލާފަ އެވެ.
ފަހުން 2023 ވަނަ އަހަރުގެތެރޭގައި ޕީޖީއިން މައްސަލަތައް ވަނީ އަބުރާ ގެނެސްފައެވެ. ސަބަބަކަށް ބުނީ އަނިޔާ ލިބުނު ފަރާތްތަކުން ދައުވާ އަނބުރާ ގެންނަން ބޭނުންވުން ކަމުގައެވެ.
އަދި ރާއްޖެ ވަޑައިގެން އަލީ ވަހީދުވަނީ އެމްޑީޕީއާ ގުޅިވަޑައިގެން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ޓިކެޓް، ޕްރައިމަރީ ގައި ވާދަ ކޮށް ހޯއްދަވާފައެވެ. އަލީ ވާދަ ކުރަނީ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށެވެ. ކެމްޕެއިން ވަރަށް ފޯރީގައި ހިންގަމުން ދަނިކޮށް އެކްސް ގައި ބަޔަކު ވަނީ އަލީ ވަހީދާ ދެކޮޅު ބަޔާންތައް ލީކުކޮށްލާފައެވެ.
އެ ބަޔާންތަކުގައި އަންހެން މުވައްޒިފުންނާ ޖިންސީ ގުޅުން ހިންގަން އަލީ ވަހީދު އަމަލުކުރި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.


