ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްތީނުގެ ޢައްޒާގެ މުސްލިމުންނަށް ފިތުރު އީދާ ދިމާކޮށް އެހީތެރިވުމަށް “ދަ ވައިބް” ޖަމިއްޔާއިން އިސްނަގައިގެން ޢައްޒާގެ މުސްލިމުންނަށް އީދަށް ޞަދަގާތެއް ނަމުގައި ފަންޑު ރެއިޒިން ކެންޕެއިނެއް ފަށައިފި އެވެ.
މި ރަމަޞާން މަހުގެ 16 އިން 26 ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިންގައި އެއްކުރެވޭ ހުރިހާ ފައިސާ ޙިދުމަތް ޖަމިއްޔާ މެދުވެރިކޮށް ޢައްޒާގެ މުސްލިމުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ދަ ވައިބް ޖަމިއްޔާއިން ބުނެފައި ވެއެވެ.
މި ކެމްޕެއިންގައި އެއްމެ ފަސް 5 ރުފިޔާ ހޭދަ ކޮށްގެން ޢައްޒާގެ މުސްލިމުންނަށް މިހާރު އެންމެ ބޭނުންޖެހިފައިވާ ކަންކަމުގައި އެހީތެރިވެ ދެވިދާނެ ކަމަށް ވައިބް ޖަމީއްޔާއިން ބުނެފައިވެ އެވެ.

ދަ ވައިބް ޖަމިއްޔާއަކީ ޒުވާނުން ބާރުވެރިކިރުވުމާއި ޒުވާނުންގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރުމުގެ މަގްސަދުގައި 2012 ވަނަ އަހަރު އުފައްދައި މާލޭގައި ރަޖިސްޓްރީ ކޮއްފައިވާ ޖަމިއްޔާއެކެވެ. އަދި ޙިދުމަތް ޖަމިއްޔާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުނައް އެހީވުމަށް ރާއްޖޭގައި ހިންގާ ފުންނާބު އުސް ޖަމިއްޔާއެކެވެ.
ދަ ވައިބް ޖަމިއްޔާގެ ޕްރޮޖެކްޓު މެނޭޖަރ މުޙައްމަދު އަބްދުﷲ ވިދާޅުވީ ކިތަންމެ ކުޑަ އެހީތެރިކަމަކުން ވެސްް ޢައްޒާގެ މުސްލިމުންގެ ހާލަތަށް ލުޔެއް ފޯރުކޮށްދެވިދާނެ ކަމަށެވެ. އަދި ކެމްޕެއިންގެ އެހީގައި ޢައްޒާގެ މުސްލިމުންނަށް ކުޑަނަމަވެސް އެހީއެއް ފޯރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މި ކެމްޕެއިންގެ ދަށުން ޢައްޒާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮއްދިނުމަށ ފައިސާ އަދި ޑޮލަރު ޖަމާކުރާނީ އައްނަނިވި އެކައުންޓު ތަކަށެވެ.
ބޭންކު: މޯލްޑިވްސް އިސްލާމިކް ބޭންކް
އެކައުންޓު ނަމްބަރު: 1001 155500016 9010 (ރުފިޔާ)
އެކައުންޓު ނަމްބަރު: 2000 155500016 9010 (ޑޮލަރު)
މި ކެމަޕެއިނުން ލިބޭ ފައިސާ ޙިދުމަތް ޖަމިއްޔާ މެދުރިކޮށް ޢައްޒާގައި މަދަނީ އެހީ ފޯރުކޮށްދޭ ޖަމީއްޔާއަކާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް ވައިބްއިން ބުނެއެވެ.


