Tuesday, 27 October 2026

ޑޯޓުޑޯގައި އުޅުއްވަނިކޮށް ހެންވޭރުގެ ރައްޔިތުންގެ ޝަކުވާތައް ރައީސްއަށް!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން، އޭނާގެ ސަޕޯޓަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޑޯޓުޑޯގައި އުޅުއްވަނިކޮށް ޝަކުވާތައް އޮއްސާލައިފިއެވެ.

އެގޮތުން ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި އެ ދާއިރާއަށް ވާދަކުރާ ހުސެއިން ނާސިފް (ލަވްލީ)ގެ ކެމްޕެއިނަށް ޑޯޓުޑޯއަށް ރައީސް މުއއިްޒު އެ ދާއިރާގައި ހިންގަވަނިކޮށް އެ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންތަކެއް ވަނީ އެމަނިކުފާނު ހުއްޓުވާ އެމަނިކުފާނު ޕީއެންސީ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރެއެްވި ހަސަން ޝިޔާމްއާ މެދު ކަންކުރެއްވި ބޭއިންސާފު ވެރިގޮތާ މެދު ނުުރުހުން ފާޅުކޮށްފައެވެ.

އެ ރައްޔިތުންވަނީ ރައީސް މުއިއްޒު ހޮވުމަށް ދާއިރާ ރައްޔިތުން ނެރެ ހަސަން ޝިޔާމް ކުރި ބުރަ މަސައްކަތުން މުއިއްޒުއަށް ލިބުނު ކާމިޔާބީ ހަނދާން އައުކޮށްދީފައެވެ.

އެ ރައްޔިތުންވަނީ ދާއިރާއަށް ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި ނެރެފައިހުރީ އިއްޔެ މެންދުރާ ޖެހެންދެން އެމްޑީޕީގައި، ރައީސް މުއިއްޒުއާ ދެކޮޅަށް ހުރި މީހެއްކަންވެސް ފާހަގަކޮށްފައެވެ. ނަމަވެސް އެހީތެރިވިމީހާ ބާކީކޮށް އެމީހާއާ މެދު ނާއިންސާފުން ރައީސް މުއިއްޒު ކަންކުރައްވަމުން ގެންގޮސްފައިވާތީ އެ ރައްޔިތުން ވަނީ ފާޑުކިޔާފައެވެ.

އެ ރައްޔިތުން ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒުވަނީ ރައީސް މުއިއްޒު ހޮވުމަށް ގުރުބާންވީ މީހުންނާ މެދު ޚިޔާނާތްތެރިވެފައެވެ.

އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ޝަކުވާތައް ބަންޑުން ކުރަމުން ދަނިކޮށް ރައީސް އެ ފަރާތްތަކާއި ވާހަކަ ދައްކަަވަން ފެއްޓެވިއެވެ. އަދި އެމަނިކުފާނާއި ބެހޭ ގޮތުން ހެއްދެވީ ހުސް ދޮގު ކަމަށް ރައީސް ވިދާޅުވިއެވެ.

"ރޯދައަށް މިހުރީ، އަޅުގަނޑާއި ގުޅޭގޮތުން ތި ދެންނެވީ ހުސް ދޮގު، ހަމަ ހުސް ދޮގު، އަޅުގަނޑު ވަކި މީހަކަށް ބޭ އިންސާފުން ކަމެއް ނުކުރަން، މާތް ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ ޝަރުއީ ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން،". ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާނެކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ރައީސް ވިދާޅުވިއެވެ.

ހަސަން ޝިޔާމްގެ ކެންޑިޑަސީ ސައްހަ ކަމާ މެދުގައި ސުވާލު އުފެދި ކެންޑިޑަސީ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދެވެ. އާޒިމް ގެންދަވަނީ ކުރިއަށް އޮތް މަޖިލިހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވައި ކެމްޕެއިން ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *